ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ސައްހަ ނޫން ކޯޓް އަމުރެއް އިރުޝާދުދީފައިވަނީ ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ކަމަށް ބުނެ މީހަކު ހެކިބަސްދީފިއެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިނާ އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ދައުލަތުން ހުށައެޅި ދިފާއީ ހެކިންގެ ތެރޭގައި ހިމެނޭ މީހަކު ހެކިބަސްދީފައިވަނީ މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައެވެ.