މުސްލިމް އުންމަތް އިންތިޒާރު ކުރަމުން އަންނަ ބަރަކާތްތެރި ރަމަޞާން މަހުގެ ފުރަތަމަ ދުވަހަށް އިރު އެރީއެވެ. އުފާވެރި މަހެއްގެ ފުރަތަމަ ދުވަހު އިރުއަރައިގެން އައިއިރު ރާއްޖޭގެ ވެރިކަން ކުރާ ރަށުން ފެށިގެން ދަނީ ހިތްގައިމު މަންޒަރެކެވެ.

ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ރަށްތަކުގެ ލިސްޓުގައިވެސް އެންމެ ފުރަތަމަ އޮންނަނީ މާލެ ސިޓީ އެވެ. ކޮންކްރީޓް އިމާރާތްތަކާއި ދުއްވާ އެއްޗެހިން ތޮއްޖެހި ފުރިބާރު ވެފައިވާ މި ސިޓީން އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް މިއަދު ހެނދުނުވެސް ފެނިގެންދިޔައީ ހަމަހިމޭން ކަމެވެ. މަގުތަކުގައި ދުއްވާ އެއްޗެއް އެއްގޮތަކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގޮތެއް ފޮތެއްނެތި ޕާކު ކޮށްފައި ހުންނަ ވެހިކަލްތަކާއި ސައިކަލްތައް ހުރި އެ އެއްޗެހި ހުންނަންޖެހޭ މަޤާމުގައެވެ.