ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ކިޔުންތެރިންނަށް ހާއްސަ މެހްމާނެއްގެ މައުލޫމާތު ގެނެސްދިނުމަށް މިފަށާ މަސައްކަތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މިގެނެސްދޭ މެހްމާނަކީ މިބައިގައި ގެނެސްދެވޭ އުމުރުން އެންމެ ދޮށީ ބޭފުޅާއަށް ވެދާނެ އެެވެ.

އަޅުގަނޑަށް މިއަދުގެ މެހްމާން ފާހަގަވީ ވ. އަތޮޅު ކެޔޮދޫ އަށް އަޅުގަނޑު މިފަހަކުން ކުރި ދަތުރެއްގެ ތެރެއިންނެވެ. އެރަށުގައި އޮތް ހާއްސަ ޖާފަތެއްގައި ކުރިއަށްދިޔަ ބޮޑުބެރުގެ ދެލަވައެއްގެ ތެރެއިން ކިތަންމެ ރަނގަޅަކަށްވެސް މިއަދުގެ މެހްމާންގެ ހުނަރު ދައްކާލި އެވެ. އެހިސާބުން އޭނާގެ މައުލޫމާތު ހޯދައި ބަލާލިއިރު އެއީ ސަގާފީ ކުޅިވަރުގައި ނިކަން އަރާހުރި ހުނަރުވެރިއެއްކަން އެނގިގެންދިޔަ އެވެ. ކެޔޮދޫ ބައެއް މީހުން ބުނާ ގޮތުގައި އޭނާ ނެތިއްޔާ ސަގާފީ ކުޅިވަރުތަކުގައި އެހުންނަ ފޯރިއާ ޖޯޝް ފެނިގެނެއް ނުދެ އެވެ. މިރިޕޯޓް ކިޔަމުންދާ ވަރަކަށް މިވާހަކަތައް ތަފްސީލްވެގެންދާނެ އެވެ.