ކ. މާފުށި އަޅުގަނޑުމެން ދަންނަނީ ތަފާތު ގޮތްގޮތަށެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޖަލު ހިންގާ ރަށުގެ ގޮތުގަ އެވެ. އެކަމަކު މާފުށި މިހާރު ބޮޑަށް މަޝްހޫރީ ލޯކަލް ޓޫރިޒަމްއާއި ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގާ ރަށުގެ ގޮތުގަ އެވެ. އަތޮޅު ތެރޭގެ ރަަށަކުން މަހެއްގެ މައްޗަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ރަށަކީވެސް މާފުއްޓޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެހެންކަމުން މިފަދަ ރަށެއްގެ ހުނަރުވެރިއެއްގެ މައުލޫމާތު ހިމަނާލުމަކީ ވެސް ކިޔުންތެރިންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް ގަބޫލުކުރެވެ އެވެ.