ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ރާއްޖޭގެ އިބްރާހިމް ހުސެއިން (އިއްބަޑޭ) ހޯދައިފި އެވެ.

ފްރާންސްގައި ކުރިއަށްދިޔަ މިމުބާރާތުގެ ތިން ވަނަ އިއްބަޑޭ ހޯދީ ދުނިޔޭގެ އެކި އެކި ކަންކޮޅު ތަކުން މިމުބާރާތުގައި ވާދަކުރި 27 ފްލައި ބޯޑަރުންނާ ވާދަކޮށެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފްރާންސްގެ އެތުލީޓެކެވެ. އަދި ދެ ވަނަ ހޯދީ އިނގިރޭސިވިލާތުގެ އެތުލީޓެކެވެ.