ިކްރިކެޓް ބޯޑުން އިންތިޒާމް ކޮސްގެން މިހާރު ކުރިއަށްދާ ކޯސްޓް ރަމްޝާން ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު މެޗްތައް ސޯފާޒް އާއި މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ.

ކުޅިވަރު އެކުއެނީ އެއް ނަންބަރު ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ ޓީބީއައިއެސްއާއި ބައްދަލުކޮށް ސޯފާޒް ކާމިޔާބުކުރީ 36 ލަނޑުންއެވެ. އަދި ދެވަނަ މެޗް އެމްޕީއެލް އާއި ބައްދަލުކޮށް މާލޭ ސްޕޯރޓްސް ކްލަބް ކާމިޔާބުކުރީ 7 ވިކެޓުންއެވެ.

އިއްޔެގެ ފުރަތަމަ މެޗް ސޯފާޒް 8 އޯވަރު 134 ލަނޑު 3 ވިކެޓް، ހަސަން އިބްރާހިމް 36 ލަނޑު، އަބްދުﷲ ސާހިދު 32 އަދި މުއާވިއަތު އަބްދުލްޣަނީ 27 ލަނޑު ހެދިއެވެ. އަދި އައިހަމް ޒިޔާދު 2 ވިކެޓް، މަބްރޫކް އެއްވިކެޓް ނެގިއެވެ.

ޖަވާބުގައި ޓީބީއައިއެސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑުއެވެ. އަދި މެޗުގައި އެޓީމުގެ މޫސާ މިޖާދު 23 ލަނޑު ހެދިއިރު ހަސަން އިބްރާހިމް ދެވިކެޓް ނެގިއެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗް އެމްޕީއެލް 8 އޯވަރު 5 ކުޅުންތެރިން ނުބައިވެގެން 79 ލަނޑު ހެދިއިރު، އެންމެ ރަގަޅަށްކުޅުނީ 21 ލަނޑުހެދި މުހަންމަދު ރަސީދުއާއި 18 ލަނޑުހެދި ސާލިމް އަދުނާންއެވެ. އަދި ޖަވާބުގައި މާލޭ ސްޕޯރޓްސް ކުލަބު ކުޅެންއަރާ 8 އޯވަރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން 83 ލަނޑުހެދިއެވެ. އަދި މެޗުގައި އާރިފް ރިޒާ 31 ލަނޑު ހެދިއެވެ.