އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރި މެޗް 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެން ނިއްމެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ނިއުއިންނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އަހްމަދު ސުހެއިލެވެ. އަދި ވެލެންސިއާގެ ލަނޑު މެޗުގެ މެޗުގެ ދެ ވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ.

ރޭގެ މެޗުން މިދެޓީމް އެއްވަރުވުމާއެކު ލިބުނު ޕޮއިންޓާއެކު ދެ ޓީމްވެސް ވަނީ ފަސް ޕޮއިންޓުން ފުއްދާލާފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން ވެލެންސިޔާ ހަތަރުވަނައިގައި އޮތް އިރު ނިއު އޮތީ ލީގުގެ ހަވަނައިގަ އެވެ. އަދި ލީގުގެ އެއް ވަނަ މަގާމްގައި އޮތީ 12 ޕޮއިންޓާއެކު މާޒިޔާއެވެ.