ި ކުރިކެޓް ބޯރޑުން އިންތިޒާމްކޮށްގެން ބޭއްވި ކޯސްޓް ރަމްޝާން ކްރިކެޓް ކާނިވަލްގެ އޯޕަން ޗެމްޕިއަންކަން ސޯފާޒް ހޯދައިފި އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ސޯފާޒް ހޯދީ ވަން އޯ ވަންއާއި ބައްދަލުކޮށް ތިން ވިކެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އިއްޔެގެ މެޗުގައި ގުރުދިމާވުމުން ސޯފާޒް ގަސްދުކުރީ ހޮވުމަށެވެ. ވަން އޯ ވަން ކުޅެންއަރާ 8 އޯވަރު 80 ލަނޑަށް 4 ވިކެޓްނެގިއެވެ. އަދި މެޗުގައި، އެޓީމުގެ އަހުމަދު އަމީލް 15 ލަނޑު ހެދިއެވެ. އަދި ޖަވާބުގައި ސޯފާޒް ކުޅެންއަރާ 8 ވަނަ އޯވަރުގައި 5 ކުޅުންތެރިން ނުބައިވެގެން 84 ލަނޑު، މުއާވިއަތު 23، ހަސަން އިބްރާހިމް 14 ލަނޑު ހެދިއިރު، އާދަމް ނާސިފު 2 ވިކެޓް ނެގިއެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހުމަދު އަމީލް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު އުކުންތެރިއާގެ މަގާމަށް ދެމީހުން ހޮވުނުއިރު، އެދެމީހުންނަކީ އިލިޔާސް ވަހީދު އާއި ހަސަން އިބްރާހިމެވެ. މިދެކުޅުންތެރިންވެސް ކޮންމެ އުކުންތެރިއެއް 6 ވިކެޓް ހެދިއެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަހުމަދު އަމީލް މައުރޫފެވެ.