ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު އަފްލާހް (އަފޫ) އިންތިހާބު ކޮށްފި އެވެ.

ކްރިކެޓް އެސޯސިއޭޝަންގެ އިތިހާބު އޮތީ ރޭ ސޯސަލް ސެންޓާރގެ ސެމިނާރޫމްގައެވެ. ރޭގެ ވޯޓް ލުމުގައި ރިޔާސަތު ބެލެހެއްޓީ ކްރިކެޓް ބޯރޑުގެ ރައީސް އަހުމަދު ހަސަން ދީދީއެވެ. އެހެން ނަމަވެސް އޭނާ މިފަހަރުގެ އިންތިހާބުގައި ވާދަކޮށްފައެއް ނުވެއެވެ.

ކުރިކެޓްގެ ރައީސްގެ މަގާމަށް އަފޫ އިންތިހާބުވެވަޑާއިގަތީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އަފްޒަލް ފާއިޒާ ވާދަކޮށްގެންނެވެ. ވޯޓުގެ ފުރަތަމަ ބުރު އެއްވަރުވުމުން ބޭއްވި ދެ ވަނަ ބުރުން އަފްލާހް ކުރި ހޯއްދެއްވީ 10-4 ވޯޓުންނެވެ.

ރޭގެ އިންތިހާބުގައި ނައިބް ރައީސަކަށް މަގާމަށް އިންތިހާބު ކުރީ މުހައްމަދު މާދިހު އިސްމާއީލެވެ.

ރޭގެ އިންތިހާބުގައި ކްރިކެޓް ބޯޑުގެ އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުގެ ގޮތުގަިއ ހޮނުނު ބޭފުޅުންނަކީ ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ކަލީމް އާއި ސްކޫލް ދެ މެމްބަރުންނަށް ހޮވުނު ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި ބާސްކެޓްބޯޅަ ކޯޗު މުހައްމަދު ވަހީދު (މޯޑް) އެވެ. ދެން ބޯޑަށް ހޮވުނު ބޭފުޅުންނަކީ އަލި މަނިކު (އެއާލަންކާ އަލިބެ) އާއި އަހުމަދު ފައިސަލާއި މުހައްމަދު ފައިސަލް އަދި އަފްޒަލް ޖަލީލެވެ.

ކްރިކެޓް ބޯޑުން ބުނީ، އަލަށް ހޮވުނު އެކްޒެކެޓިވް ކޮމެޓީ މަސެއްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުަވަހު އެވެ. ރޭގެ އިލެކްސަން ނިންމާލުމުގެ ކުރިން އާ ރައީސް މުހަންމަދު އަފްލާހް ސުކުރު ދެންނެވުމުގެ އިތުުރުން ވަނީ ޖެނެރަލް ސެކެރެޓަރީއެއްގެ ގޮތުގައި ސާޒް ހަބީބް ހަަމަޖައްސާފަ އެވެ.