ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާކުރާ ކުންފުނިތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ ކޯސްޓް ރަމްޝާން ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު މެޗްތަކުން މީރާ އާއި އެޑިއުކޭޝަން މޮޅުވެއްޖެ އެވެ.

މީރާއިން މިއަދުގެ މެޗް ކާމިޔާބު ކުރީ ސީއެސްސީއާއި ބައްދަލުކޮށް ހަތް ވިކެޓުންނެވެ. އަދި އެޑިއުކޭޝަނުން މިއަދުގެ މެޗް ކާމިޔާބު ކުރީ އެމްޓީސީސީއާ ބައްދަލުކޮށް ފަސް ވިކެޓުންނެވެ.

މިއަދުގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން ކްލަބް ސީއެސްސީ ކުޅެންއަރާ 8 އޯވަރުގެތެރޭގައި 3 ކުޅުންެތެރިން ނުބައިވެގެން 87 ލަނޑުހެދިއެވެ. އަދި މެޗުގައި އެޓީމުގެ ހުސާމް އަދި އާމިރު 6 ލަނޑު ހެދިއިރު، ޖިނާހް ދެވިކެޓް އަދި އިބްރާހިމް އެއްވިކެޓް ނެގިއެވެ.

ޖަވާބުގައި މީރާ ކުޅެންއަރާ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 5.2 އޯވަރުގެތެރޭގައި 92 ލަނޑުހެދިއެވެ. އަދި އެޓީމުގެ މުހަންމަދު ޖިނާހް 28 ލަނޑު ހެދިއެވެ.

މިއަދު ދެވަނަ މެޗް ޓޮސް ދިމާވުމުން އެޑިއުކޭސަން ގަސްދުކުރީ ހޮވުމަށެވެ. އެމްޓީސީސީ ކުޅެންއަރާ 8 އޯވަރުގެތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 71 ލަނޑުހެދިއެވެ. އަދި މެޗުގައި އެޓީމުގެ މިއާ 19 ލަނޑު ހެދިއިރު ޒަވިއާ ދެވިކެޓްނެގިއެވެ. އަދި ޖަވާބުގައި އެޑިއުކޭސްން ކުޅެންއަރާ 6 އޯވަރުގެތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 73 ލަނޑުއެވެ. މެޗުގައި އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 15ލަނޑުހެދި ފާއިޒް ސަމަދުއާއި 21 ލަނޑުހެދި ދޭވްދާސްއެވެ.

މިމުބާރާތުގައި މާދަމާ ދެމެޗް ކުޅޭނެއެވެ. މާދަމާގެ ފުރަތަމަ މެޗުގައި އެމްޕީއެލްއާއި އިމިގްރޭސަން ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ސީއާރސީއާއި މޯލްޑިވްސް ކަސްޓަމްސްއެވެ.ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 1605ގައެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.