ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) ގެ އިންތިހާބާއި ބެހޭގޮތުން އެކްސްކޯ މެމްބަރުންނާ އެކު ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ބޭއްވި ބައްދަލުވުމުން އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ސްޕޯޓްސް ކޮމިޝަނަރާއި އެކު ބައްދަލުވުމެއް ބޭއްވީ އެސޯސިއޭޝަންގެ އިންތިހާބާއި ގުޅޭ ނިންމުންތައް ނިންމަން އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެން ނެވެ.

އެމްބީއޭއިން ބުނީ ޖުލައި 15 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭ ކަމަށާއި އެކަމަކު މިހާތަނަށް ކުރި މަސައްކަތުން އެކްސްކޯ ގެ ބައްދަލުވުމެއް ބެއްވޭ ގޮތް ނުވާކަމަށެވެ.

އެމްބީއޭއިން އިން ބުނީ އެކްސްކޯގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިގެންނާއި ކޯރަމް ހަމަނުވެގެން ބައްދަވުން ކުރިއަށް ނުގެންދެވިގެން ކޮންމެ ފަހަރަކުވެސް ބައްދަލުވުން ހުއްޓާލަނީ ކަމަށެވެ.

އެމްބީއޭ ގެ އިސް އޮފިޝަލަކު ވީ ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އެކްސްކޯ ދެ ފެކްޝަނަކަށް ބެހިފައިވަކަމަށެވެ.

މެމްބަރުންގެ ތެރެއިން އެއްބަޔަކު މިހަރުގެ ރައީސް އަހުމަދު ހާފިޒަށް ތާއީދުކުރާއިރު އަނެއްބަޔަކު ތާއިދު ކުރަނީ ނައިބް ރައީސް އަބްދުﷲ އާމިރު (އައްލޯ) އަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ސްޕޯޓްސް ކޮމިޝަނަރުގެ ބެލުމުގެ ދަށުން އިންތިހާބު ބޭއްވުމަށް އެދިފައިވާނެ ކަމަށެވެ.