ޔޫރޯ މުބާރާތުގެ ގްރޫޕް ޑީގައި ކޮރޭޝިއާ އާއި ޗެކްރިޕަބްލިކް ބައްދަލު ކުރި މެޗުގައި ކޮރޭޝިއާގެ ސަޕޯޓަރުން އަލިފާން ރޯކޮށް ދަނޑަށް ފްލެއާސް އުކުމުން މެޗު މެދުކަނޑާލުމަށްފަހު އަލުން ފެށުމުން ޗެކްރިޕަބްލިކް ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފިއެވެ.

ސަޕޯޓަރުން ދަނޑުމަށްޗައް އަލިފާން ރޯކޮށް ފެލެއާރސް އުކި އިރު ކޮރޭޝިއާ އޮތީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އަލިފާން ރޯކޮށް، ކޮރޭޝިއާގެ ސަޕޯޓަރުން ދަނޑަށް ފްލެއާސްތަކެއް އުކާފައި ވަނީ ޗެކްރިބްލިކްގެ ގޯލާ ދިމާލަށެވެ. އެއާއެކު ދަނޑުގައި ދުންގަނޑު ފެތުރުމުގެ ސަބަބުން ރެފްރީވަނީ މެޗުގެ ކުޅުން ހުއްޓާލާފައެވެ.މެޗު މެދުކަނޑާލީ މެޗުގެ ނުވަދިހަ މިނެޓް ހަމަވާ ހަތަރު ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ.

ކޮރޭޝިއާ ގެ ސަޕޯޓަރުން މި ގޮތަށް ދަނަޑަސް އެއްޗިހި އުކުމުން އެކަން ނުކުރުމަސް އެޓީމުގެ ކުޅުންތެރިން ތަކުރާރުކޮށް އެދުނުތަންވެސް ވަނީ ފެނިގެންގޮސްފައެވެ.

ސަޕޯޓަރުންގެ މި އަމަލުގެ ސަބަބުން ވަގުތު ކޮޅަކަށް މެޗު މެދުކަނޑާލާފައި އޮތުމަށް ފަހު މެޗު އަލުން ފެށިތާ ކުޑަ އިރުކޮޅެއްގެތެރޭގައި ޗެކްރިޕަބްލިކް އިން ވަނީ ނަތީޖާ ހަމަމަ ކޮށްފައެވެ.