ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާކުރާ ކުންފުނިތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ ކޯސްޓް ރަމްޝާން ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު މެޗް އެމްޕީއެލްއިން ކާމިޔާބު ކޮށްފި އެވެ.

އިއްޔެގެ މެޗް އެމްޕީއެލްއިން ކާމިޔާބު ކޮށްފައި ވަނީ ކުލަބް އިމިގްރޭސަންއާ ވާދަކޮށް ގިނަ ލަނޑު ތަކެއް މެޗުގައި ހަދައިގެންނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން އެމްޕީއެލް ކުޅެންއަރާ ތިން ކުޅުންތެރިން ނުބައިވެގެން 8 އޯވަރުގެތެރޭގައި 104 ލަނޑު ހެދިއެވެ. އަދި މެޗުގައި އެޓީމުގެ އަބްދުﷲ އަފީފް 32 ލަނޑު ، އަހްމަދު އިސްމާއިލް 22 ލަނޑު އަދި ހަސަން ރިޔާޒު އެއްވިކެޓްނެގި އެވެ. ޖަވާބުގައި ކްލަބް އިމިގްރޭސަން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަ 104 ލަނޑުއެވެ.

އިއްޔެ ދެވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ އެމް.އޭ.ސީ.އެލް އާއިކަސްޓަމްސްއެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިމެޗް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.

މިމުބާރާތުގައި މިއަދުވެސް ދެމެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ކްލަބް ސީއެސްސީއާއި އިމިގްރޭސަން އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ މީރާއާއި އެމްޓީސީސީ އެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 1605ގައެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ކްރިކެޓް ދަނޑުގައެވެ.