ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާކުރާ ކުންފުނިތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ ކޯސްޓް ރަމްޝާން ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު މެޗްތަކުން އޮފިސަލް ރެސިޑަންސް އޮފް ދި ޕްރެޒިޑެންޓް ޓީމާއި ކަސްޓަމްސް ރިކްރިއޭސަން ކްލަބް މޮޅުވެއްޖެއެވެ.

އިއްޔެގެ ފުރަތަމަ މެޗް އޮފިސަލް ރެސިޑަންސް އޮފް ދި ޕްރެޒިޑެން ޓީމުން ކާމިޔާބު ކުރީ އިމިގްރޭސަންއާއި ބައްދަލުކޮށް 17 ލަނޑުން ނެވެ. ދެ ވަނަ މެޗް ކަސްޓަމަސްއިން ކާމިޔާބު ކުރީ އައިލެންޑް އޭވިއޭސަންއާއި ބައްދަލުކޮށް 8 ވިކެޓުން ނެވެ.

އިއްޔެގެ ފުރަތަމަ މެޗުގެ ޓޮސް ދިމާވުމުން އޮފިސަލް ރެސިޑަންސް އޮފް ދި ޕްރެޒިޑެންކުޅެންއަރާ 8 އޯވަރުގެތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 105 ލަނޑު ހެދިއެވެ. ެމެޗުގައި އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 34 ލަނޑުހެދި މުހަންމަދު ސަރީރުއެވެ. އާދިލް އަލީ 2 ވިކެޓް، ހުސެން ރިޔާޒު 2 ވިކެޓް ނެގިއެވެ.

ޖަވާބުގައި އިމިގްރޭސަން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 88 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 13 ލަނޑުހެިދ ހުސެން ރިޔާޒުއެވެ. އަދި ސާބިގު ވަނީ ދެވިކެޓް ނަގާފައެެވެ.

އިއްޔެގެ ދެވަނަ މެޗްގައި ޓޮސް ދިމާވުމުން އައިލޭންޑް އޭވިއޭސަން ކުޅެންއަރާ 8 އޯވަރުގެތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނ 97 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 30 ލަނޑުހެދި ސުރަންގައާއި 21 ލަނޑުހެދި ޖިލްވާޒުއެވެ. ޖަވާބުގައި ކަސްޓަމްސް ކުޅެންއަރާ 7 އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 100 ލަނޑު ހެދިއެވެ.