ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާކުރާ ކުންފުނިތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްގެންދާ ކޯސްޓް ރަމްޝާން ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު މެޗްތަކުން އެޑިއުކޭޝަން އާއި އެމްޓީސީސީ މޮޅުވެ ސެމީއިން ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުން އެޑިއުކޭޝަން މޮޅުވީ މިރާއާ ބައްދަލުކޮށް ހަތް ވިކެޓުންނެވެ. އަދި އެމްޓީސީސީ މޮޅުވީ ސިވިލް ސާވިސް ކޮމިޝަނާ ވާދަކޮށް އަށް އަށް ވިކެޓުންނެވެ.

މިއަދުގެ ފުރަތަމަ މެޗް ޓޮސް ދިމާވުމުން މީރާ ކުޅެންއަރާ 8 އޯވަރުގެތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 55 ލަނޑު ހެދިއެވެ. އަދި މެޗުގައި އެންމެ ރަގަޅަށް ކުޅުނީ 7 ލަނޑުހެދި މުހަންމަދު އިބްރާހިމެވެ. ޖަވާބުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 1 ކުޅުންތެރިއަކު ނުބައިވެގެން ހެދިފައިވަނީ 57 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 24 ލަނޑުހެިދި ވިނީތް އެވެ.

މިއަދު ދެވަނަ މެޗްގައި ޓޮސް ދިމާވުމުން ސިވިލް ސާވިސް ކޮމިޝަން ކުޅެންއަރާ 8 އޯވަރުގެތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނ 72 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 6 ލަނޑުހެދި ހުޝާމެވެ. ސުހެލް މިއާ 2 ވިކެޓް ނެގިއެވެ. ޖަވާބުގައި އެމް.ޓީ.ސީ.ސީކުޅެންއަރާ 4 އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 73 ލަނޑު ހެދިއެވެ. އަދި މެޗުގައ މަސްއޫދް މުހަންމަދު 27،ސޮހެލް މިއާ 17 ލަނޑު ހެދިއެވެ.

މިމުބާރާތުގައި މާދަމާ ކުޅޭނީ ސެމީ ފައިނަލުގެ ދެމެޗެވެ. އެގޮތުން ފުރަތަމަ މެޗް އެމް.ޕީ.އެލްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ބއްދަލުކުރާއިރު، ދެވަނަ މެޗްގައި ބައްދަލުކރާނީ ކަސްޓަމްސް ރެކްރިއޭޝަންސް ކްލަބް އާއި އެމް.ޓީ.ސީ.ސީގެ ޓީމްއެވެ.ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 1605ގައެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.