ޖަޕާންގައި މީހަކު ވަޅިން ހަމަލާދީ 19 މީހުން މަރާލައިފި އެވެ.

މިހަމަލާގައި މަރާލާފައިވަނީ ޖަޕާންގެ ވެރިރަށް ޓޯކްޔޯގެ ހުޅަނގުގައި އޮންނަ ސިޓީއެއް ކަމުގައިވާ ސަގަމިހަރާގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ ތަނެއްގައި ދިރިއުޅެމުން ދިޔަ ބައެކެވެ.

މިހަމަލާގައި 20 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު ތިން މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެސް ޖަޕާންގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބި މަރުކަޒުގެ މުވައްޒަފުން މި މީހާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެ މީހުން މެރީ އޭނާ ކަމަށް އަމިއްލައަށް އިއުތިރާފްވުމުން ކަމަށް ޗެނަލް ނިއުސް އޭޝިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ޒުވާނެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މި މީހާގެ އެއްވެސް އިތުރު މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.