15:13 - އެމިރޭޓްސް މަތިންދާ ބޯޓް ކުއްލި ހާލަތުގައި މުމްބާއީގައި ޖެއްސީ، ބޯޓްގެ ކޮކްޕިޓާއި، ބޯޓުގެ ކެބިންއިން ދުން އަރަން ފެށުމުން ކަމަށް އެންޑީޓީވީން ބުނޭ.

ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި، ކްރޫންވެސް ސަލާމަތުން ބޯޓުން ބާލާފައިވާ ކަމަށާއި، އެއްވެސް މީހަކަށް ކަމެއް ނުވާކަމަށް ޚަބަރުލިބޭ.

އެމިރޭޓްސް މަތިންދާ ބޯޓްގެ ޕައިލެޓް، މުމްބާއީ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކޮންޓްރޯލް ޓަވަރަށް އެސް.އޯ.އެސް ފޮނުވުމާއެކު، އިންޑިއާގެ ކޯސްޓްގާރޑުން މަނަވަރުތައްވެސް ތައްޔާރީ ހާލަތަށް ގެނައި ކަމަށާއި، ސަބަބަކަށްވީ، މަތިންދާ ބޯޓަށް އެއަރޕޯޓާ ހަމައަށް ނުފޯރަފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެފައިވޭ.

ނަމަވެސް އެމިރޭޓްސް ބޯޓް ސަލާމަތުން މުމްބާއީގެ އެއަރޕޯޓަށް ވަނީ ޖައްސާފަ. ބޯޓް ޖެއްސިއިރު، ކުއްލި ހާލަތުގައި އެހީވާ ފަރާތްތަކާއި، އެމްބިއުލެންސްތައްވެސް ތައްޔާރީ ހާލަތުގައި ތިބިކަމަށް އެންޑީޓީވީން ބުނޭ.

މަތިންދާ ބޯޓުން ހުރިހާ ފަސިންޖަރުންނާއި، ކްރޫން ބޭލީވެސް އިމަޖެސީގައި އަމަލުކުރާ ފުރިހަމަ އުސޫލުގެ ދަށުން ކަމަށްވޭ

------

ޑުބާއީން ފުރައިގެން ރާއްޖެއަށް ދަތުރުކުރި އެމިރޭޓްސް އެއަރލައިންގެ މަތިންދާ ބޯޓެއް ކުއްލި ހާލަތުގައި މުމްބާއީއަށް ޖައްސައިފިއެވެ.

މިޚަބަރު ރިޕޯޓް ކޮށްފައިވަނީ، އިންޑިއާގެ އެންޑީޓީވީންނެވެ. އެންޑީޓީވީން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމިރޭޓްސްގެ މަތިންދާ ބޯޓް ކުއްލި ހާލަތުގައި މުމްބާއީއަށް ޖެއްސިއިރު ބޯޓްގައި 309 ފަސިންޖަރުން ތިބި ކަމަށެވެ.

ބޯޓް ކުއްލި ހާލަތުގައި ޖެއްސީ ކީއްވެގެންކަމެއް ބުނެފައެއް ނުވެއެވެ.

މިޚަބަރާބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.