ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯ މިއަދު ފަށައިފި އެވެ.

"ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް – އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ ނަމުގައި ދަރުބާރުގޭގައި ކުރިއަށްދާ މި އެކްސްޕޯ މިއަދު ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރިތަކާއި ދިވެހި ވިޔަފާރިތަކާއި ގުޅުވައިދޭނެ ކަމަށެވެ. އޭގެ ފައިދާތައް އޮތީ ދިވެހި ވިޔަފާރިތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 40 އަހަރު ތެރޭގައި ޓޫރިޒަމް ދާއިރާއިން ހޯދި ކާމިޔާބީއާއެކު ރާއްޖެ ދާނީ އެ ދާއިރާއިން ކުރިއަށް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަގުބަލް އުޖާލާ ކަމަށްވެސް ވިދާޅުވި އެވެ.