ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެންޓުގެ ވިޔަފާރިކުރާ ޕޮއިޒްގެ ފަރާތުން ރޭންޖާރސް ބްރޭންޑުގެ ބޮޑީ ސްޕްރޭއެއް ތައާރަފް ކޮށްފިއެވެ.

މި ބޮޑި ސްޕްރޭ ތައާރަފްކުރުމަށް ސިފްކޯ ކާކީ ފެމިލީމާޓް ހުންނަ ސަރަހައްދުގައި ބޭއްވި ހާއްސަ ހަފްލާގައި ބޮޑި ސްޕްރޭ މާކެޓަށް ނެރެދެއްވީ ސްޕެސިއަލް ފޯސަސްގެ ކޮމާންޑާރ ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދެވެ.

އަލަށް ޕޮއިޒް އިން މާކެޓަށް ނެރުނު ރޭންޖާރސް ބްރޭންޑުގެ ބޮޑީ ސްޕްރޭއަކީ އަސްކަރިއްޔާގައި އުޅުއްވާ ބޭކަލުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ބޮޑީ ސްޕްރޭއެކެވެ.

ދެ ޖިންސުގެ ބޭފުޅުންނަށް ހާއްސަކޮށްގެން ރޭ މާކެޓަށް ނެރުނު ބޮޑީ ސްޕްރޭގައި 16 ވަށްތަރެއް ހިމެނެއެވެ. އެއީ އަންހެންބޭފުޅުންނަށް ހާއްސަ 8 ވައްތަރުގެ ބޮޑީސްޕްރޭއަކާއި ފިރިހެންބޭފުޅުންނަށްހާއްސަ 8 ވައްތަރެއްގެ ބޮޑީސްޕްރޭއެވެ.ރޭންޖާރސް ބްރޭންޑުގެ 15 ވައްތަރުގެ ސެންޓަށްވެސް ދީފައިވަނީ އަސްކަރިއްޔާގައި ބޭނުންކުރާ ނަންތަކެވެ.

މި ހާއްސަ ބޮޑީޫ ސްޕްރޭ މާކެޓަށް ނެރެދެއްވުމަށްފަހު ޕޮއިޒްގެ ވެރިޔާ އިލްޔާސް މުހައްމަދު ވިދާޅުވީ މާކެޓަށް ނެރެވުނު ބޮޑީ ސްޕްރޭއަކީ ސިފައިންނާއި ވަރަށްބޮޑަށް ގުޅުން ހުރި ބޮޑީ ސްޕްރޭ އެއްކަމަށާއި ސިފައިންނޫނަސް އާންމުނަށްވެސް މި ބޮޑީ ސްޕްރޭ ކަމުދާނެކަމަށެވެ.

އަލަށް މާކެޓަށް މި ނެރެވުނު ރޭންޖާސް ބްރޭންޑުގެ ބޮޑީ ސްޕްރޭ ސިފްކޯ ފިހާރައިންނާއި ޕޮއިޒްގެ ފިހާރަތަކުންލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.

ރޭންޖާރސް ބްރޭންޑުގެ ބޮޑީސްޕްރޭ އިފްތިތާހް ކުރުމުގެ އިތުރުން ރޭވަނީ ސިފައިންނަށް ހާއްސަކޮށްގެން ސިފްކޯ ފިހާރައިން އީދު ސޭލެއްވެސް ހުޅުވާފައެވެ.

މި ސޭލް ހުޅުއްވާދެއްވީ ސްޕެސިއަލް ފޯސަސްގެ ކޮމާންޑާރ ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދެވެ. ސިފްކޯއިންބުނީ މިސޭލްގައި އީދަށް ބޭނުންވާ މުދާ ހާއްސަކޮށް އަންނައުނު އަގުހެޔޮކޮށްގަންނަން ލިބެން ހުންނާނެކަމަށެވެ.