އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ވިއްކާ ހިޓާޗީ ބްރޭންޑްގެ އޭސީގެ އާ ކުލައެއް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ހިޓާޗީ އޭސީއަކީ ރާއްޖޭގައި ހުދު ކުލަ ނޫން އެހެން ކުލައެއްގެ އޭސީ ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށާއި އަލަށް ތައާރަފުކުރީ 9000 އަދި 12000 ބީޓީޔޫގެ އޭސީ ކަމަށެވެ.

އަލަށް ތައާރަފްކުރި މި އޭސީގައި ލާފައި ވަނީ ރަތް ކުލަ އެވެ. މިކުލަޔަކީ ޔޫވީ ޕްރޮޓެކްޓެޑް ކޯޓިންއެއް ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

ހޯމް އިމްޕްރޫވްމަންޓުން ގަންނަ ހިޓާޗީ ބްރޭންޑްގެ ކޮންމެ އޭސީއަކަށްވެސް 18 މަސްދުވަހުގެ ސާވިސް ވޮރެންޓީއާއި ފަސް އަހަރު ދުވަހުގެ ކޮންޕްރެސާ ވޮރެންޓީ ލިބެ އެވެ.