ބަންދުކޮށްފައިވާ ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑާ ހިލާފަށް ބައެއް ފަރާތްތަކުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަމުންދާތީ އެގޮތަށް އަމަލުނުކުރަން ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ހެލްތް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑާއި ކާބޯތަކެތި އެތެރެކުރުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާ ހިލާފަށް ލޭބަލްކޮށްފައިވާ ތަކެތި ގިނަ އަދަދަކަށް އިމްޕޯޓްކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އެހެންކަމުން އިމްޕޯޓްކުރާ ކާބޯތަކެތީގެ ލޭބަލުގައި ކޮންމެހެން ހުރުން ލާޒިމުވާ މައުލޫމާތުތައް ހިމެނުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.