ކޮސްމެޓިކްސްގެ ބާއްވަތްތައް ވިއްކުމަށް ރާއްޖެއަށް މަޝްހޫރު ލިންޗްޕިންއިން "ބައިޓޫ ގެޓްވަން ފްރީ"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިޕްރޮމޯޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލިންޗްޕިންގެ ސީއީއޯ އަބްދުލް މުހްސިން ވިދާޅުވީ އަބަދުވެސް ބޭނުންވަނީ ރަނގަޅު އިތުބާރު ހިފޭ ޕްރޮޑަކްޓްތައް ރާއްޖޭގެ ބާޒާރަށް ނެރެ އެއްޗެހި ރަގަޅު އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މިހާރު ވިއްކާ "ފާ" ޕްރޮޑަކްޓްގެ 250 އެމްއެލްގެ ޝަވާ ޖެލް ފުޅިއެއް 30 ރުފިޔާއަށް ލިބޭނެ ކަމަށާއި، 200 އެމްއެލްގެ ބޮޑީ ސްޕްރޭ ފުޅިއެއް 35 ރުފިޔާއަށް ލިބޭނެ ކަމަށް މުހްސިން ވިދާޅުވި އެވެ. އަދި ރޯލޯން ފުޅިއެއް 25 ރުފިޔާ އަށް ލިބޭނެ ކަމަށާއި، ކުރިން ވިއްކި އަގަށް ވުރެ މިހާރު މިހުރިހާ އެއްޗެއްގެ އަގު ހެޔޮވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލިންޗްޕިންގެ މެނޭޖާ ސޭލްސް އެންޑް މާކެޓިން މެނޭޖާ އިބްރާހިމް ފައިސަލް ވިދާޅުވީ "ބައި ޓޫ ގެޓް ވަން ފްރީ" ޕްރޮމޯޝަންގައި ޝަވާ ޖެލް ފުޅިއަކާ ބޮޑީ ސްޕްރޭ ފުޅިއެއް ގަތުމުން ރޯލޯން ފުޅު ހިލޭ ލިބޭނެ ކަމަށެވެ.

ހޯލް ސޭލްކޮށް ޝަވާ ޖެލް، ބޮޑީ ސްޕްރޭ ޑަޒަނެއް ނެގުމުން ރޯލޯން ޑަޒަނެއް ހިލޭ ލިބޭނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ލިންޗްޕިންއިން މިފެށި ޕްރޮމޯޝަން ކުރިއަށް ދާނީ 10 ދުވަހަށެވެ.