ރ. މީދޫގައި އީދު ކުޅިވަރުތައް ފަށާއިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. ރަސްމީކޮށް އީދު ކުޅިވަރުތައް ފެށުމާއެކު ކުޅިވަރަކަށް ފަހު ކުޅިވަރެއް ހިނގަމުންދާއިރު މުޅިން ވެސް ޝައުގުވެރި ކުޅިވަރުތަކެވެ. މީދޫގެ ރައްޔިތުންނާ މީދޫއަށް ގޮސް ތިބި މެހްމާނުންގެ ޝައުގުވެރިކަން މިއިން ކޮންމެ ކުޅިވަރަކަށް ވެސް ލިބިފައިވެ އެވެ.

މީދޫގައި އީދު ކުޅިވަރުތަކުގައި ނަގާ ކިޔަނީ އެރަށު އިރުމަތި އަވަށުގެ ޖަމްޢިއްޔަތުއްޞަލާހެވެ. މިޖަމިއްޔާ އިން އިންތިޒާމުކޮށްފައިވާ ކޮންމެ ކުޅިވަރެއް ވެސް ކުރިއަށްދަނީ ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވި ރަނގަޅު ހަމަތަކެއްގެ ތެރެއިން ކަމަށް ކުޅިވަރުތައް ބަލަމުންދާއިރު ފާހަގަކުރެވެ އެވެ.