ބޮޑުބެރަކީ ދިވެހިންގެ ލެޔާ އެންމެ ބޮޑަށް ގުޅިފައިވާ ސަގާފީ ކުޅިވަރެވެ. ފޯރިއަށް އެއްވެސް ބަދަލެއް ނައިސް މިއަދުވެސް އެންމެ ހިނގާ އެއް ކުޅިވަރަކީ ބޮޑުބެރެވެ. އެކަން އެންމެ ބޮޑަށް ޔަގީންވަނީ ގުރޫޕްތައް ހަދައިގެން ޕްރޮފެޝަނަލް ގޮތަކަށް ބޮޑުބެރު ކުޅޭ މީހުންގެ އަދަދު އިތުރުވެފައިވާތީ އެވެ. ޒަމާނާ އެއްގޮތަށް ބޮޑުބެރަށް ގެންނަމުންދާ ބަދަލުތަކަށް ލިބެމުންދާ ތަރުހީބުން ބޮޑު ބެރަށް އޮތް ޝައުގުވެރިކަމާ ޑިމާންޑް އެނގެ އެވެ.