ރަށްރަށުގެ ތަަރައްގީގައި ބައެއް މަދަނީ ޖަމިއްޔާތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރެ އެވެ. ބައެއް ރަށްރަށުގެ ތަރައްގީގައި ރަށު ކައުންސިލަށް ވުރެ ޖަމިއްޔާގެ ދައުރު ފުޅާވެފައި ވަރުގަދަ އެވެ. މަދަނީ ޖަމިއްޔާ ތަކަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ތަންތަނަށްވީ ނަމަވެސް ޖަމިއްޔާތަކުގެ އެންމެ އިސް ވާޖިބަކަށް ވެފައި އޮންނަނީ ރަށް ތަރައްގީކުރުމާއި، މީހުން ހޭލުންތެރިކުރުމާއި، އިޖުތީމާއީ ގޮތުން ރަށަށް ބޭނުންވާ ހިދުމަތްތައް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.