ދިރާގުގެ 28 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުރިހާ ކަސްޓަމަރުންނަށް 28 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ދިނުމަށް ދިރާގުން ނިންމައިފި އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހުރިހާ ބްރޯޑްބޭންޑް ޕްލޭންތަކާއި މޯބައިލް ޑޭޓާ ޕްލޭންތަކަށް 28 ޕަސެންޓް އިތުރު ޑޭޓާ މިއަދު ލިބޭނެ ކަމަށެވެ.

މީގެއިތުރުން މުޅި އޮކްޓޯބަރު މަހު ކުރާ ހުރިހާ ޑޭޓާ އެކްޓިވޭޝަނަކާ އެއްކޮށް ވެސް 28 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ލިބޭނެ ކަމަށްވެސް ދިރާގުން މައުލޫމާތުދެ އެވެ. ޑޭޓާ ހޯދުމަށް ޓަކައި ކަސްޓަމަރުން އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަން އެ ކުންފުންނިން ހަމަޖައްސާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުންދާ އެންމެ ދުވަސްވީ ކުންފުންޏެވެ. ދިރާގުގެ އަހަރީ ދުވަހު އެކުންފުނިން ކަސްޓަމަރުން އެކުންފުނީގެ ހިދުމަތް ބަލައިގަންނާތީ ޝުކުރު އަދާކޮށްފަ އެވެ.