ދިވެހި ފިލްމް ބައިވެރިޔާގެ ޓްރެއިލާ މާދަމާ ރޭ ލޯންޗް ކުރަން ނިންމައިފި އެވެ.

ވީނިއުސްއަށް މިއަދު ދިން އިންޓަވިއު އެއްގައި ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ބުނީ މާދަމާރޭ 9:00 ޖަހާއިރު މ. ރަތްވިލާ ގޭގެ ޓެރަސްގައި ބާއްވާ ހަފްލާއެއްގައި މިފިލްމުގެ ޕޯސްޓަރާއި ޓްރެއިލާގެ އިތުރުން ފިލްމުގެ ބައެއް ލަވަތަށް ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މި އިވެންޓް ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަަމަޖެހިފަ އެވެ.