މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާއި ގުޅިގެން ޓީޗަރުންނަށް ދިރާގު މޯބައިލްޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ އޮފާ ތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ޓީޗަރުންނަށް ފޮނުވާފައިވާ ތަހްނިޔާގެ މެސެޖްގައި ބުނެފައިވަނީ ގައުމެއްގެ ތަރައްގީ ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ބަޔަކީ ޓީޗަރުން ކަމަށާއި އެމީހުންގެ ހިދުމަތަކީ އަގުނުކުރެވޭހާ ބޮޑު، ތައުރީފު ހައްގުވާ ބުރަ މަސައްކަތެއް ކަމަށެވެ.

ޓީޗަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމުގެ ގޮތުން މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހު ދިރާގުގެ ފަރާތުން ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރާ ކަމަށްވެސް މި މެސެޖްގައިވެ އެވެ.

ޓީޗަރުންގެ ދުވަހާއި ގުޅިގެން ދިރާގުން ޓީޗަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރި ޕެކޭޖް ތަަކަކީ ދިރާގު މޯބައިލްޕޯސްޓްޕެއިޑް އާއި ދިރާގު ބްރޯޑްބޭންޑް ޕެކޭޖްތަކެކެވެ.

ދިރާގުން ބުނީ އެކުންފުނީގެ ކޮންމެ މޯބައިލް ޕޯސްޓްޕެއިޑް ޕެކޭޖެއް ނެގި ނަމަވެސް މަހު ފީ އިން ތިން މަސް ދުވަސް ވަންދެން 50 އިންސައްތައިގެ ޑިސްކައުންޓް ޓީޗަރުންނަށް ލިބޭނެ ކަމަށެވެ. އަދި މިހާރު ދިރާގު ޕޯސްޓްޕެއިޑް ގެންގުޅޭ ޓީޗަރަކަށް ވެސް މަހު ފީ އިން ތިން މަސް ދުވަސް ވަންދެން 50 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި މިއޮފާ އަށް އެއްވެސް ކަނެކްޝަން ފީއެއް ނުނަގާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ. އަދި ދިރާގުގެ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ޕެކޭޖުގެ ކޮންމެ ޕެކޭޖެއް ނެގިނަމަވެސް މަހު ފީ އިން ތިންމަސް ދުވަސް ވަންދެން 50 އިންސައްތައިގެ ޑިސްކައުންޓެއް ޓީޗަރުންނަށް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ނަގާ ބްރޯޑްބޭންޑް ޕެކޭޖަކާއިއެކު ހިލޭ "މައިފައި" ޑިވައިސްއެއް ނުވަތަ އޭޑީއެސްއެލް ރައުޓާ އެއް ލިބޭނެ ކަމށާއި މި "މައިފައި" ޑިވައިސް އަކީ ވަޔާލެސް ކޮށް ގިނަވެގެން 10 ޑިވައިސް އަށް އެއްފަހަރާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ޑިވައިސް އެއް ކަމަށްވެސް ދިރާގުން ބުނެ އެވެ. އަދި މިހާރު ދިރާގު ބްރޯޑްބޭންޑް ކަނެކްޝަން އެއް ގެންގުލޭ ފަރާތްތަކަށްވެސް އެފަރާތަކުން އެދުމުން މަހު ފީ އިން ތިން މަސް ދުވަސް ވަންދެން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ. އަދި މިއޮފާ އަށް އެއްވެސް ސެޓަޕް ފީ އެއް ނުނަގާނެ ކަމަސް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މި އޮފާގެ ދަށުން ދިރާގުން ވަރަށް ހާއްސަ ދެ މޯބައިލް ބްރޯޑްބޭންޑް ޕެކޭޖް ކޮށްފައިވާ ކަމަށެވެ. އެއީ 499 ރުފިޔާ ގެ މަހު ފީ އަށް 10 ޖީބީ ޑޭޓާ އަދި 699 ރުފިޔާގެ މަހުފީ އަށް 20 ޖީބީ ޑޭޓާ ލިބޭ ޕެކޭޖުތަކެކެވެ. މި ޕެކޭޖްތަކުންވެސް ފުރަތަމަ ތިން މަހުގެ މަހު ފީ އިން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށާއި އަދި ހިލޭ "މައިފައި" ޑިވައިސްއެއ ލިބޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ޓީޗަރުންގެ ދުވަހު ދިރާގުން ތައާރަފުކޮށްފައިވާ މި ހާއްސަ އޮފާ ތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފާ ހޯދުމަށް އެޕްލިކޭޝަން ފޯމްގައި ސްކޫލްގެ ރަސްމީ ތަތްގަނޑު ޖަހާފައި ދިރާގުގެ ކޮންމެ ސާވިސް ސެންޓަރަކަށް ހުށަހެޅި ނަމަވެސް މިޕެކޭޖުތަކުގެ ހިދުމަތް ލިބޭނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.