ބްރައިޑް މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ "ފިލިޕްސް ބްރައިޑް ފެއާ 2016" ރޭ ދަރުބާރުގޭގައި ފަށައިފި އެވެ.

އެސްޓީއޯ އިން ސްޕޮންސާ ކޮށްގެން މި ފެއާ ބާއްވާތާ މިއީ ފަސް ވަަނަ އަހަރެވެ.

އެސްޓީއޯއިން ބުނީ މިރޭ ފެށުނު ފެއާގައި އެސްޓީއޯގެ ސްޓޯލެއް ހުންނާނެ ކަމަށެވެ. އަދި މިސްޓޯލްއިން ފިލިޕްސް ބްރޭންޑްގެ ބިއުޓީ އަދި ގްރޫމިން ޕްރޮޑަކްޓްސްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލެވޭނެ ކަމަށްވެސް ބުންޏެވެ. އަދި ފިލިޕްސް ގްރޫމިން ކޮންޓެސްޓްއެއް ވެސް އެސްޓީއޯ ސްޓޯލްގައި ކުރިއަށްދާނެ ކަމަށާއި މި ކޮންޓެސްޓްގައި ބައިވެރިވެގެން އިނާމްތައް ލިބުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ އެ ސްޓޯލްއަށް ޒިޔާރާތްކޮށްގެން ސެލްފީއެއް ނެގުމަށްފަހު ޓްވީޓް ކޮށްގެންވެސް އިނާމު ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"އެސްޓީއޯ ސްޓޯލަށް ޒިޔާރަތްކޮށްގެން ފިލިޕްސްގެ ބިއުޓީ އަދި ގްރޫމިންގެ ޕްރޮޑަކްޓްސްތަކުން ޑިސްކައުންޓް ލިބޭ ޑިސްކައުންޓް ވައުޗަރެއްވެސް ސްޓޯލްއިން ލިބިގެންދާނެ،" އެސްޓީއޯ އިން ބުންޏެވެ.

ފިލިޕްސް ބްރައިޑް ފެއާ ކުރިއަށްދާނީ މިރެއިން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑު 23:00 އަށް ދަރުބާރުގޭގަ އެވެ.

އެސްޓީއޯއަކީ ފިލިޕްސް ބްރޭންޑްގެ ރާއްޖޭގެ އޮތަރައިޒްޑް ޑިސްޓްރިއުބިއުޓަރެވެ.