ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް މިއަހަރު 25 ކުދިންނަށް ފުރުސަތު ދީފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް މިއަހަރު ހޮވުނު ކުދިންނަށް ވަނީ މިކަމާ ގުޅޭ ލިޔުން ހަވާލުކޮށްފަ އެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ވަޒީފާއަށް ހޭލުންތެރިކޮށް، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 އަހަރުން ފެށިގެން ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން ފަށާފައިވާ ޕްރޮގްރާމެކެވެ.