ރާއްޖޭގެ ކުންފުުންޏެއް ކަމަށްވާ މެކްސް ކޮމް އަށް މައިކްރޯ ސޮފްޓް ބެސްޓް މެނޭޖަރު ޕާޓްނަރުގެ އެވޯޑު ފަސްވަނަ ފަހަރަށް ލިބިއްޖެ އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާ ހަވާލުވީ މެކްސްކޮމްގެ އިސްވެރިންނެވެ.

އަވަށްޓެރި ގައުމުތަކުގައި ހިދުމަތް ދެމުން ގެންދާ މައިކްރޯސޮފްޓްގެ ޕާޓްނަރުންނާ ވެސް ވާދަކޮށްގެން ލިބުނު މި އެވޯޑާ ހަވާލުވުމަށްފަހު މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ވިދާޅުވީ މި އެވޯޑު މެކްސްކޮމްއަށް ލިބުމުން މައިކްރޯސޮފްޓުގެ އުފެއްދުންތައް ބޭނުންކުރާ އެކުންފުނީގެ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ހާމަވާ ކަމަށެވެ.

ފަޒީލް ވިދާޅުވީ މި އެވޯޑު ލިބުމުގައި މައިކްރޯސޮފްޓުގެ އުފެއްދުންތައް ވިއްކާފައިވާ އަދަދަށް ވެސް ބަލާފައިވާ ކަމަށެެވެ. މީގެ އިތުުރުން މި އެވޯޑް ލިބުމުގައި މައިކްރޯސޮފްޓްގެ އުފެއްދުންތައް މެނޭޖުކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް މުހިއްމު ބައެއް ދައުރެއް އަދާކުރި ކަމަށެވެ.

ދުނިޔެއަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޑެލް ބްރޭންޑްގެ ޝަރަފުވެރި އެވޯޑެއް ވެސް މީގެ ކުރިން މެކްސްކޮމް އަށް ލިބިފައިވެ އެވެ.