ދިވެހި ފިލްމް "ގިލަން" ބެލުންތެރިންނާ ހަމައަށް ނައިސް ލަސްވަމުންދަނީ ބަޖެޓުގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށް ފިލްމްގެ ޕްރޮޑިއުސަރު އަމްޖަދް އިބްރާހީމް (އަމްޖޭ) ބުނެފި އެވެ.

ވީނިއުސްއާ ވާހަކަދައްކަމުން އަމްޖޭ ބުނީ ގިލަން އަކީ އޭނާގެ 50 ވަނަ ފިލްމް ކަމަށެވެ. އެހެންކަމުން މިފިލްމްގެ ހުރިހާ މަސައްކަތެއް ކުރަން ބޭނުންވަނީ އޭނާއަށް ލިބޭ އާމްދަނީއަކުން ކަމަށާއި ފިލްމް ބެލުންތެރިންނާ ހަމައަށް ނައިސް ލަސްވަނީ އެގޮތަށް މަސައްކަތް ކުރާތީ ކަމަށްވެސް އަމްޖޭ ބުންޏެވެ.

އަމްޖޭ ބުނީ ގިލަންގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެެވެ. ނަމަވެސް ޑަބިންގެ މަސައްކަތްތައް އަދި ނުނިމޭ ކަމަށާއި އެކަމަކު އަންނަ އަހަރުގެ ތެރޭގައި މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.