އަންނަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ނިންމައި، "މިއީ ލޯތްބަކީ"ގެ ޝޫޓިން ބުދަ ދުވަހު ފަށައިފި އެވެ.

މިއީ ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެެސްދޭ ނުވަވަނަ ފިލްމެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން މިފިލްމްގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ބުނީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ވާށޭ މަށާއެކީ" އެކޭ އެއްގޮތަށް "މިއީ ލޯތްބަކީ" އަކީ ވެސް ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ.