އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ މި އަހަރުގެ ސޯންގް ފެސްޓިވަލްގައި ލައިޝާ ޖުނައިދު މިއަދު ލަވަ ކިޔައިފި އެވެ.

އިންޑޮނީޝިއާގެ ބާލީގައި ކުރިއަށްދާ މި ފެސްޓިވަލްގައި ލައިޝާ މިއަދު ލަވަ ހުށަހަޅައިދީފައިވަނީ ތިންވަނަ ލަވަ ކިޔުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ކިޔާފައިވަނީ ދިވެހި އަމިއްލަ ރާގެއްގެ ލަވަ އެެކެވެ.

އޭބީޔޫގެ ސޯންގް ފެސްޓިވަލްގައި ލަވައެއް ހުށަހަޅައިދިނުމަށް ލައިޝާ ފުރުސަތު ހޯދައިދިނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުންނެވެ.