މޫވީ މޯލްޑިވްސްގެ ފުރަތަމަ ފީޗާ ފިލްމް "ނާމާން" ޕްރިމިއާކުރުން ލަސްވަނީ ފިލްމުގެ ޑަބިންގެ މަސައްކަތްތައް ނިންމާލެވިފައި ނުވާތީ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަހްމަދު ޝަކީބް (ޑޮކް) ބުނެފި އެވެ.

ޑޮކް ބުނީ ޑަބިންގެ މަސައްކަތް ނުނިމި ލަސްވަނީ ބައެއް ތަރިން ބިޒީ ވުމުގެ ސަބަބުން އެމީހުންނަށް ވަގުތު ނުލިބޭތީ ކަމަށެވެ. އެހެންނަމަވެސް ފިލްމް ހުރިހާ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުންޏެވެ.

"ހަމައެކަނި ޑަބިންގެ މަސައްކަތް ނުނިމި އޮތީ. އެހެން ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފައި،" އޭނާ ބުންޏެވެ.