އޭސް ހާޑްވެއާގެ އަހަރީދުވަހުގެ މުނާސަބަތުގައި ބޮޑެތި ޑިސްކައުންޓް ތަކަކާއެކު ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ބޮޑު 5" ގެ ނަމުގައި ކުރިއަށްގެންދާ މިޕްރޮމޯޝަންގައި ބައިވެރިވެވެނީ އެފިހާރައިން 299 ރުފިޔާގެ ވިޔަފާރި ކޮށްގެންނެވެ.

އެގޮތުން 299 ރުފިޔާގެ ވިޔަފާރި ކުރާ ކޮންމެ މީހަކަށްވެސް ކޫޕަނެއް ދޭނެ ކަމަށާއި، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޔަމަހާ ޖީޓީ 125 ގެ ސައިކަލެއް ލިބޭނެ ކަމަށް އޭސް ހާޑްވެއާއިން ބުންނެއެވެ.

އޭސް ހާޑްވެއާއިން ބުނީ، މިޕްރޮމޯޝަންގައި ބަދިގެއަށް ޚާއްސަ ތަކެއްޗާއި އެހެނިހެން ބާވަތުގެ މުދަލުން 70 އިންސައްތައާ ހަމައަށް ޑިސްކައުންޓްވެސް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި އޭސް ހާޑްވެއާ ހުޅުވީ މީގެ ފަސްއަހަރު ކުރިން 15 ޑިސެމްބަރު 2011 ގައެވެ.

މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސްއާ ދެމެދުވި އެއްބަސްވުމެއްގެ ދަށުން ފެށުނު ވިޔަފާރިއެކެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިހާރަ ހުޅުވީ 2011 ވަނަ އަހަރުތެރޭ، އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ނަމުގައެވެ.

ދެވަނަ ފިހާރައެއް ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާފައެވެ.