މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކުރާ އެކޮމީޓީގެ އަހަރީ އެކްސްޕޯ ކުރިއަށްގެންގޮސްފިއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ބޭއްވި މި އެކްސްޕޯގައި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު އަންހެނުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ހަވީރު 1600 އިން ފެށިގެން އެކްސްޕޯގެ ހަރކާތްތައް ފަށާފައިވާއިރު 22 ވިޔަފާރި ސްޓޯލް ވަނީ ގާއިމުކޮށްފައެވެ. ހަވީރު ގެ ދަންފަޅި ކުޑކުދިންނަށް ހާއްސަކޮށްގެން ބާއްވާފައިވާއިރު ޖާދޫ ހެދުމުގެ ހާއްސަ ޝޯއެއް ވެސް ވަނީ ކުޑަކުދިންނަށް މި އެކްސްޕޯގެ ތެެރއިން ކުރިއަށް ގެންގޮސްފައެވެ.

މިރޭ 20:00 އިންފަށައިގެން 23:00 އާއި ހަަމައަށް ދެވަނަ ދަންފަޅީގެ ހަރަކާތްތައް ކުރިއަށްގެންގޮސްފާވާއިރު ލައިވް ބޮޑުބެރު ޝޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އަފްޝާން ލަތީފް ވީނިއުސް އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ މިހަރަކާތް ވަރަަށް ކާމިޔަބު ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެހެން އެކްސްޕޯތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އެކްސްޕޯއަށް ވަރަށް ބޮޑު ތަރުހީބެެއް ލިބުނު ، އަންނަ އަހަރުވެސް މިކަހަލަ ހަރަކާތްތައް ކުރިއަށްގެންދާނަން "އަފްޝާން ވިދާޅުވިއެވެ.

އަފްޝާން ވިދާޅުވީ އަންހެނުންނަށް ވިޔަފާރި ކުރުމުގެ ފުރުސަތު މިފަދަ އެކްސްޕޯއެއްގެ ތެރެއިން ހޯދައިދިނުމަކީ އެ ކޮމިޓިގެ ހާއްސަ މަގްސަދެއް ކަަމަށާއި އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައިގެން ފަށާފައިވާ ބައިނަލްއަގުވާމީ ކެމްޕޭން "16 ޑޭޒް އޮފް އެކްޓިވިޒަމް"ގެ ލަނޑުދަނޑިތައް ހާސިލް ކުރުމަކީވެސް މިފަދަ ހަރަކާތެއް ހިންގުމުގެ މަގްސަދުކަމަށެވެ.

މި އެކްސްޕޯގައި ތަފާތު ވިޔަފާރި ސްޓޯލްތައް ބައިވެރިކޮށްފައިވާއިރު ސްޓިލް ތައް ބައިވެރިކޮށްފައިވަނީ މުޅިންވެސް އަންހެންބޭފުޅުންކަމަށް މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން މައުލޫމާތުދެއެވެ.