ކޮންމެ އަހަރެއްގެ ސްކޫލް ބަންދާ ދިމާކޮށް އިރާއީ ބުކްޝޮޕް ފާހަަގަކުރެވެނީ ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން އާ އުފެއްދުންތައް ތައާރަފްކުރާ ބުކްޝޮޕެއްގެ ގޮތުގަ އެވެ. އެގޮތުން މިއަހަރުވެސް ބައެެއް އާ ބްރޭންޑްތަކުގެ ސްޓޭޝަނަރީޒް އިރާއީ ބުކްޝޮޕުން މިހާރު ވަނީ ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެމުން އިރާއީ ބުކްޝޮޕްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަބްދުﷲ އަސްލަމް ވިދާޅުވީ މިއަހަރު ތައާރަފް ކުރީ އޮސްޓްރޭލިޔާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ސްމިގްލް" ބްރޭންޑްގެ ސްޓޭޝަނަރީޒް ކަމަށެވެ.

އަސްލަމް ވިދާޅުވީ އިރާއީ ބުކްޝޮޕްގެ ފަރާތުން ސްމިގްލް ބްރޭންޑްގެ ސްޓޭޝަނަރީޒް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ސްމިގްލް ބުރޭންޑުގެ އުފެއްދުންތައް ގަލޮޅުގައި ހުންނަ އިރާއީ ބުކްޝޮޕުން ލިބެން ހުންނާނެ ކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މި ބްރޭންޑްގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެެވެ.