ގއ. ކޫއްޑޫ އެއާޕޯޓްގައި ހަދާފައިވާ ވީއައިޕީ ލައުންޖު ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

ކޫއްޑޫ އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި މިކަމަށްޓަކައި ބޭއްވުނު ކުޑަ ހަފްލާއެއްގައި މިތަން ހުޅުވައިދެއްވީ ނައިބް ރައީސް އަބްދުﷲ ޖިހާދު އެވެ.

އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ލިބޭ ގޮތަށް ހަދާފައިވާ މި ލައުންޖުގައި ކެއުމަށް ބޭނުންވާ ތަފާތު ވައްތަރުތަކާއި ހިލޭ ވައިފައިގެ ހިދުމަތާއި ޓީވީ ބެލޭނެ ގޮތާއި އަދި ސްމޯކިން އޭރިޔާއެެއް ވެސް ހަދާފައިވެ އެވެ.

ކުއްޑޫ އެއާޕޯޓް ހިންގަނީ މާކިއުރީ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގެ ފަރާތުންނެވެ. އެއާޕޯޓް ތަރައްގީކުރުމާއެކު އެރަށުގައި 43 މޫދު ކޮޓަރިއާއި 25 ބީޗް ވިލާ ހިމެނޭ ގޮތަށް ރިސޯޓެއް ވެސް ތަަރައްގީކުރަމުންނެވެ.

މި ރިސޯޓު އަންނަ އަހަރުގެ ތެރޭގައި ހުޅުވާ ހިދުމަތް ދެވޭނެ ކަމަށް މާކިއުރީ ކުންފުނިން މީގެ ކުރިން ވަނީ ބުނެފަ އެވެ.