ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ދެމެދު ސީޕްލޭންގެ ދަތުރުތައް ފަށައިފި އެވެ.

ޓީއެމްއޭ އިން މިދިޔަ ހޮނިހިރު ދުވަހު ފެށި ދަތުރުތަކުގައި މިވަގުތު ބޭނުން ކުރަނީ 15 މީހުންގެ ޖާގައިގެ އެއް ބޯޓެވެ.

ޓީއެމްއޭގެ މިދަތުރުތަކުތެ ތެރެއިން ފުރަތަމަ ދަތުރުކޮށްފައިވަނީ ގދ. އަތޮޅުގައި ހިންގާ އަމަރީ ހަވޮއްޑާއިން ގަމަށެވެ.

ޓީއެމްއޭއިން އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ދެމެދު ސީޕްލޭންގެ ދަތުރުތައް ފަށާފައި މިވަނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް އެތަނުގައި މުޅިން އަލަށް ހެދި ސީޕްލޭން ބޭސް ހިދުމަތް ދެވޭ ގޮތަށް ހުޅުވާލުމުންނެވެ.

ޓީއެމްއޭއިން އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ދެމެދު ދަތުރުތައް ފަށާފައި މިވަނީ ސްރީލަންކާގެ ކޮލަމްބޯ އިން އައްޑޫ ސިޓީގެ ގަމަށް ސްރީލަންކަން އެއާލައިންސްގެ ސީދާ ދަތުރުތައް ވެސް ފަށާފައިވާ ވަގުތެއްގަ އެވެ.

ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ބަލަހައްޓާ ކުންފުނީގެ ހައިސިއްޔަތުން ޓީއެމްއޭ އިން ބުނީ އެކުންފުނީގެ ވައިގެ ދަތުރުތައް އެންމެ ދެކުނުގައި ފެށުމާ ގުޅިގެން ދެކުނަށް ޒިޔާރާތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެ މިސަރަހައްދަށް ޓޫރިޒަމުން ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމަށެވެ.