ބޭންކް އޮފް މޯލްޑިވްސްގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެމީހުންނަށް ޚާއްސަ އެވޯޑެއް ދީފިއެވެ.
އެވޯޑް ދިނުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ތެދުވެރިކަމާއިއެކު ދިގު މުއްދަތަކަށް ޚިދުމަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރަންޖެހޭ ކަމަށެވެ.
އަދި އެމުވައްޒަފުންނަށް ތައުރީފު ކުރައްވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ޚާއްސަ އެވޯޑު 31 މުވައްޒަފަކަަށް ދީފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 15 އަހަރުން ފެށިގެން 30 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނެވެ.