ސްކަވޯލީނީ ބްރޭންޑުގެ ފަރުނީޗަރު ވިއްކާ ފިހާރައެއް "ހޮޓެކް"ގެ ނަމުގައި މިއަދު މާލޭގައި ހުޅުވައިފިއެވެ.
މަޝްހޫރު ޔޫރޯ ސްޓޯރު ހިންގާ ޔޫރޯ މާކެޓިންގެ ހިއްސާދާރުން ހިންގަވާ ހޮޓެކް މޯލްޑިވްސްއިން ހުޅުވި މި ފިހާރަ ހުޅުވާފައިވަނީ އިސްލާމިކް ބޭންކް ކައިރީގައި ހުންނަ ހ. އައިވީގައެވެ.
މިފިހާރަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިހާރަ ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް އާއި ސްކަވޯލީނީގެ އެކްސްޕޯޓްސް ސޭލްސް ޑިރެކްޓަރު ރޮބާތޯ ގްރަމަޗިއޯނީއެވެ.
ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި މަގުބޫލުކަން ހޯދާފައިވާ ސްކަވޯލީނީ ބްރޭންޑުގެ ފަރުނީޗަރު ރާއްޖެއަށް ތައާރަފްކޮށްފައިވާއިރު ހޮޓެކް ފިހާރައިގައި ބަދިގޭ ކަބަޑު ސެޓާއި، ކާމޭޒާއި، ގޮނޑީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ތަފާތު ވައްތަރުގެ ފަރުނީޗަރު ވިއްކަން ހުއްޓެވެ.