ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންހް މިފަހަރުވެސް އާ އަހަރު ފާހަގަކުރުމުގެ ގޮތުން ރާއްޖެ އަތުވެއްޖެ އެވެ.
ދީޕިކާ އާއި ރަންވީރަކީ މިހާރު މުޅި ބޮލީވުޑްގެ އެންމެ ގުޅޭ ދެ ލޯބިވެރިން ކަމަށް ގިނަ މީހުންނަށް އެއްބަސްވެވެ އެވެ.
މި ދެލޯބިވެރިން ވަނީ މިދިޔަ އަހަރުވެސް އާ އަހަރު ފާހަގަކުރުމަށް ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އަދި މިއީ ދީޕިކާ ރާއްޖެ އައި ހަތަރުވަނަ ފަހަރެވެ.
ދީޕިކާމެން ރާއްޖެ އައިސްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި މިފަހަރުވެސް މިއައީ ރާއްޖޭގައި އާއަހަރު ހޭދަ ކުރުމަށް ކަމަށް މައުލޫމާތު ލިބުުނު ނަމަވެސް މި ދެ ލޯބިވެރިން ރާއްޖޭގައި ހޭދަކުރާނީ ކިތައް ދުވަސް ކަމެއް އަދި ތިބީ ކޮން ރިސޯޓެއްގައި ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މިދުވަސްވަރަކީ ވަރަށް ގިނަ މަޝްހޫރު މީހުން ރާއްޖެ އަންނަމުންދާ ދުވަސްކޮޅެއް ކަންވެސް ފާހަގަކުރެވެ އެވެ.