މުޅި ދުނިޔޭގައިވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ މަޝްހޫރު އެއް ފިލްމް އިންޑަސްޓްރީއަކީ ބޮލީވުޑް އެވެ. އަދި މިއަހަރަކީ ބޮލީވުޑްގެ ބައެއް އަންހެން ތަރިންނަށް ވަރަށް ހާއްސަ އަހަރަކަށް ވަނީ ވެގެން ގޮސްފަ އެވެ. މިދިޔަ އަހަރު ނިމިގެން ދިޔަ އިރު ބޮލީވުޑްގެ ބައެއް އަންހެން ތަރިންނަށް ވަނީ މީގެ ކުރިން ލިބިފައި ނުވާ އެތައް ކާމިޔާބީތަކެއް މިދިޔަ އަހަރުގެ ތެރޭގައި ލިބިފަ އެވެ.

އެގޮތުން މިދިޔަ އަހަރު ބޮލީވުޑްގެ އެންމެ މޮޅު ތަރިންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ސޯނަމް ކަޕޫރާއި، އާލިއާ ބަޓް އާއި، އަނުޝްކާ ޝަރްމާ އާއި، ތަޕްސީ ޕަންނޫ އާއި، ރަދީކާ އަޕްތޭ އާއި، އަދި އައިޝްވާރިޔާ ރާއީ ބަޗަން އެވެ.