އިންޑިއާގެ އެންމެ މަޝްހޫރު އަންހެން ކޮމޭޑިއަން ބާރްތީ ސިންގް ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ވާރްތީ މިވަގުތު ހުރީ ރާއްޖޭގައި ކަމަށެވެ.

އުމުރުން 32 އަހަރުގެ ބާރްތީ ރާއްޖެ އައީ އާ އަހަރާ ދިމާކޮށް ޗުއްޓީ ހޭދަކޮށްލުމަށް ކަމަށްވެސް ނޫހުގައި ބުނެފައިވެ އެވެ. ނަމަވެސް ބާރްތީ ހުރި ތަނެއް ހާމަކޮށްފައެއް ނުވެ އެވެ.

ބާރްތީ ވެސް ވަނީ އިންސްޓަގްރާމްގައި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށާއި ރާއްޖެ ވަރަށް ކަމުދާ ކަމަށް ބުނެފަ އެވެ. އަދި ސަމާސާ ގޮތަކަށް އޭނާ ބުނެފައިވަނީ އެނބުރި އިންޑިއާ އަށް ދާން ވެސް ބޭނުން ނުވާ ކަމަށެވެ.

ބާރްތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ އޭނާގެ އާއިލާއާއެކު ކަމަށް އެނގިފައިވެ އެވެ.