އެމެރިކާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ މައިކަލް ޖެކްސަންގެ ކޮއްކޮ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނެޓް ޑެމީޓާ ޖޯ ޖެކްސަންގެ އުމުރުން 50 އަހަރުގައި ފުރަތަމަ ފަހަރަށް ދަރިޔަކު ލިބިއްޖެ އެވެ. އަދި ދަރިފުޅަށް ނަންވެސް ކިޔައިފިެއވެ.
ބީބީސީ ގައި އިއްޔެ ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ޖެނެޓް ޖެކްސަން ވިހާފައިވާ ކަމަށެވެ. ވިހެއުމަށްފަހު ދަރިފުޅަށް ނަންންވެސް ކިޔާފައިވާ ކަމަށާއި އެގޮތުން ދަރިފުޅުގެ ނަމަކީ އީސާ އަލް މާނާ ކަމަށެވެ.
ޖެނެޓްގެ ފިރިމީހާ އަދި ގަތަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިސާމް އަލްމާނާއާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ ޖެނެޓްއާއި ދަރިފުޅުގެ ހާލު ރަނަގަޅު ކަމަށެވެ.
ޖެނެޓް ބުނީ އޭނާއަށް ދަރިޔަކު ލިބުނީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށް ފަހު ކަމަށެވެ. އެހެންކަމުން ދަރިފުޅު އުފަން ވުމުން އޭނާއަށް ލިބުނު އުފާވެރި ކަމަކީ މިހާތަނަށް ނުލިބޭވަރުގެ ބޮޑު އުފަލެއް ކަމަށްވެސް ބުނެފައިވެ އެވެ.
ޖެނެޓްގެ އުމުރުން މިހާ ދުވަސްވީ ފަހުން ނަމަވެސް ދަރިޔަކު ލިބުމުން އޭނާއާއި ފިރިމީހާ ވިސާމް ވެސް ތިބީ ވަރަށް އުފަލުންނެވެ.
ޖެނެޓް އާއި ވިސާމް ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ. އެހެންކަމުން މި ދެމީހުންގެ ފުރަތަމަ ދަރިފުޅު ލިބިފައި މިވަނީ ކައިވެންޏަށް ހަތަރު އަހަރުވީ ފަހުންނެވެ.