މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގައި ބޭނުންކުރުމަށް ރާއްޖެ ގެނެސްފައިވާ 88 ވެހިކަލް މިއަދު ދައްކާލައިފި އެވެ.

މިވެހިކަލްތައް ދައްކާލާފައިވަނީ މިއަދު ހަވީރު މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއަދު ދައްކާލި 88 ވެހިކަލްއަކީ އެމްއާރްޑީސީގެ ވެހިކަލްތައް އާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ 129 ވެހިކަލްގެ ތެރޭގައި ހިމެނޭ ވެހިކަލް ތަކެކެވެ. ވެހިކަލްތައް ގަތުމަށް އަށް މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެމްއާރްޑީސީން ބުނެ އެވެ.