ޖޫސް ފިއެސްޓްގެ ނަމުގައި ފުރުޓް ޖޫހުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޖޫހުގެ އެކި ބްރޭންޑުތަކުން 10 ޕަސެންޓާއި 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި ޖޫހުގެ ރަހަ ބަލާލުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
އެސްޓީއޯއިން ބުނީ މިފަދަ ޕްރޮމޯޝަނެއް ފެށީ މިދުވަސް ވަރަކީ ސްކޫލް ތަކުގެ ކިޔެވުން ފެށިގެން އުޅޭ ދުވަސް ވަރަށްވުމުން ދަރިވަރުންގެ އިންޓަވަލްއަށް ބޭނުން ކުރެވޭނެ އެންމެ ރަނގަޅު ޖޫހަކީ ކޮން ބްރޭންޑެއްކަން ދެނެގަތުމަށް ބެލެނިވެރިންނަށް ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.