އެސްޓީއޯ އިން ރާއްޖެއަށް ފިލިޕްސް ބްރޭންޑްގެ ލައިޓްސް ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފިލިޕްސް ބްރޭންޑްގެ ގިނަ ތަކެތީގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ އެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނީގެ ހޯމް އިމްޕްރޫވްމެންޓް ފިހާރައިން ގޭތެރޭގައި ބޭނުންކޮށްލުމަށް އެލްއީޑީއާއި ސީއެފްއެލް ފިލިޕްސްގެ ލައިޓް ގަންނަން މިހާރު ލިބޭނެ ކަމަށެވެ.
ފިލިޕްސްގެ އޮފީސް، އިންޑަސްޓްރިއަލް، އައުޓްޑޯ އަދި ޑެކަރޭޓިވް ޑެކަރޭޓިވް ލައިޓްސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެސްޓީއޯ އިން ވިއްކަން ފަށާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
ފިލިޕްސް ބްރޭންޑުގެ އެލްއީޑީ ލައިޓް ވިއްކާއިރު ދެ އަހަރު ދުވަހުގެ ވޮރެންޓީ ދިނުމަށް އެސްޓީއޯ އިން ވަނީ ނިންމާފަ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންމެ ބޮޑެތި ސްޓޭޑިއަމްތަކުގައި ބޭނުންކުރާ 90 ޕަސަންޓް ލައިޓަކީ ފިލިޕްސް ބްރޭންޑްގެ ލައިޓެވެ.