އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި އައު އަހަރު ފެށުމުގެ ގޮތުން ވަރަށް ހާއްސަ ޑިސްކައުންޓް އާއި އިނާމު ތަކަކާއެކު ކިކްއޯފް ސޭލް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޯމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަން ކުރިއަށްދާއިރު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިއްކާ ހުރިހާބާވަތްތަކުގެ މުދާ ވަރަށް ހާއްސަ އަގެއްގައި ލިބެންހުންނާނެ ކަމަށެވެ. އަދި ހަމަ މިއާއެކު ކުރައްވާ ކޮންމެ -/500 (ފަސް ސަތޭކަ ރުފިޔާ) އިން މަތީގެ ވިޔަފާރިއަކަށް އިނާމެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.